ބައިސްކޯފުގެ "ލަކީ": މީ ކޮންފަދަކަމެއް؟ ބޭނުންއެއްޗެއް ދެނީ؟

03 Oct 2020 | 16:25

ދިވެހިރާއްޖޭގެ ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސްޓްރީމިންގ އެޕްލިކޭޝަނެއްކަމަށްވާ ބައިސްކޯފުން ގެނެސްދޭ އާ އުފެއްދުމެއްކަމުގައިވާ "ލަކީ" ގެ ޓްރެއިލަރ އާންމުކޮށްފިއެވެ.

ތިރީސް ސިކުންތުގެ މި ޓްރެއިލާ އެހެން ޓްރެއިލާތަކާއި ވަރަށް ތަފާތެވެ. މިއީ ސިލްސިލާ ޑްރާމާއެއްނޫންކަން ޔަޤީނެވެ. ހަމަގައިމުވެސް މިއީ އާދައިގެ ޝޯއަކަށް ނުވާނެކަމުގެ "ހިންޓެއް" ދިނުން ނޫންއެއްވެސް އިތުރު ތަފްސީލެއް ބައިކޯފްގެ މި އުފެއްދުމުގެ ޕްރޮޓިއުސަރ "ވޮއިސް" އަށް ކިޔައިނުދިނެވެ.

"ލަކީ އަކީ ބައިސްކޯފުން ތަޢަރަފް ކުރާ ކެރެކްޓަރ އެއް. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ޖައްސާ ފުރަތަމަ ރިއަލިޓީ ޝޯވ" ޕްރޮޑިއުސަރ ވޮއިސްއަށް ކިޔައިދިނެވެ.

"ލަކީ" ރިއަލިޓީ ޝޯވގެ ޓްރެއިލަރ މިހާރު ބައިސްކޯފްގެ މީސް މީޑިއާ ޕޭޖްތަކުގައި ވަނީ އާންމުކޮށްފައެވެ. ޓްރެއިލަރ އިން އަޑު އިވެނީ ބޭނުން އެއްޗެއް ލިބޭނަމަ ހޯދާނެ އެއްޗެހީގެ ވާހަކައެވެ.

މި ތަފާތު ޓްރެއިލަރއިން ޝޯވގެ މައުލޫމާތެއް ނޭނގުނަސް، މިއީ ވަރަށް ފެންވަރު ރަނގަޅު އަދި ތަފާތު ޝޯވއަކަށް ވާނެކަމަށް ބެލެވެއެވެ. މި ޝޯވއާއި ގުޅިގެން ބައިސްކޯފުން ވަނީ ޚާއްސަ ހަރަކާތެއްވެސް މީސް މީޑިއާގައި ފަށާފައެވެ.

އެގޮތުން ޓްވިޓަރގައި ބައިސްކޯފަށް ފޮލޯކުރުމަށްފަހު، ލަކީ ޝޯވގެ ޓްރެއިލަރ ހިމެނޭ ޓްވީޓަށް ލައިކްދީ އަދި ރީޓްވީޓް ކުރަން ޖެހެއެވެ. އެއަށްފަހު މޮޅުވަން ބޭނުންވާ އެއްޗެއް ކޮމެންޓްކޮށްލުމުން މި ހަރަކާތުގައި ބައިވެރިވެވުނީއެވެ. މިކަން ކުރިއަށްދާނީ މިމަހުގެ 8ވަނަ ދުވަހުގެ 23:59:59 އާއި ހަމައަށެވެ.


Advertisement

ކޮމެންޓް

Advertisement