Advertisement

އައްޑޫ ސިޓީގެ ގަމާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

03 Oct 2020 | 14:18

އައްޑޫ ސިޓީގެ ގަމާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ކޮމްޕެނީއާއި ދެމެދުގައެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ މިނިސްޓްރީން ދަނީ އައްޑޫ ސިޓީއާއި ހުވަދޫ އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ބޭއްވުމުގެ އިތުރުން، އައްޑޫއާއި ފުވައްމުލަކާއި ދެމެދު ގަވާއިދުން ކޮންމެ ދުވަހަކު ވައިގެ ދަތުރުތައް ބޭއްވުމާއި މެދުގައިވެސް އައިލެންޑް އޭވިއޭޝަނާ އެކު މަޝްވަރާ ކުރަމުންނެވެ. މި ފިޔަވަޅުތަކުގެ ސަަބަބުން ރާއްޖޭގެ އިގްތިސާދަށް ޖުމްލަކޮށް ކުރިއެރުންތައް ލިބޭނެކަމަށް ގަބޫލުކުރާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ހުވަދޫ އަތޮޅާއި ދެމެދު ރައްޔިތުން ދަތުރުކޮށް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް، ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އަދި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި ސަރުކާރާއި އަދި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް

Advertisement