Advertisement

ހުޅުމާލެ ހެދިކާ ޓެންޓުތައް ދޫކުރުމާއި ބެހޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރަނީ!

03 Oct 2020 | 20:21

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކުމަށް ހުރި ޓެންޓްތަކާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ބައްދަލުވުންތަކެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެދިކާ ވިއްކުމަށް ބަހައްޓާފައިވާ ޓެންޓްތައް މަރާމާތުކުރުމަށްފަހު ޓެންޓްތައް ބެހެއްޓުމަށް ކަނޑައަޅާ ސަރަހަައްދުތަކާއި، ޓެންޓްތައް ދޫކުރުމާއި ބޭނުންކުރުމުގެ އުސޫލާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުންތަކެއް މިހިނގާ އޮކްޓޯބަރ މަހުގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެހެންކަމުން މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 11 އޮކްޓޯބަރ ވާ އާދިއްތަ ދުވަހުގެ ކުރިން 7924392 ނަންބަރަށް އެސްއެމްއެސް ނުވަތަ ވައިބަރ މެސެޖެއް ކޮށްދިނުމަށް ވަނީ އެދިފައެވެ.

ހުޅުމާލޭގެ މީހުން ދިރިއުޅޭ ފްލެޓްތަކުގެ ތިރީގައި ހުންނަ ހެދިކާ ޓެންޓްތަކަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ތަންތަނެވެ. އަދި މި ތަންތަން ވެފައިވަނީ ގިނަ ބަޔަކަށް އާމްދަނީއެއް ހޯދުމަށްވެސް މަގުފަހިކުރުވި ކަމަކަށެވެ.

ފޮަޓޯ: ޖަޒީރާ

Advertisement

ކޮމެންޓް