Advertisement

ހުޅުމާލޭގެ މަސް މާރުކޭޓް ހަވާލުކުރުމުގައި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް! އޭސީސީއިން މައްސަލަބަލަނީ!

07 Oct 2020 | 10:14

ހުޅުމާލޭގެ މަސް މާރުކޭޓް ބަލަހައްޓާނެ ފަރާތެއް ހޮވި މައްސަލަގައި ބޮޑެތި ކޮރަޕްޝަންތަކަކަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ އޭސީސީއިން ބަލަންފަށައިފިއެވެ. މި މައްސަލަ އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވަނީ މަސް މާރުކޭޓުގައި މަސް ވިއްކާ ފަޜަތްތަކުންނެވެ.

މަސް މާރުކޭޓްގައި މަސް ވިއްކާ ފަރާތަކުން މި މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 29ވަނަ ދުވަހުގައެވެ.

އެގޮތުން މި މައްސަލައިގައިވާ ގޮތުގައި ހުޅުމާލޭގެ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އޮގަސްޓް 2020ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށައެޅުނު ބިޑްތައް އިވެލުއޭޓް ކުރުމަކާ ނުލައި، ބިޑް ހުށައެޅި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން މަސް މާރުކޭޓް ކުއްޔަށް ދޭނެ ފަރާތެއް ހޮވާފައިވެއެވެ.

އެގޮތުން އެ ބިޑްއަށް ކުރިމަތިލާފައިވާ ފަރާތްތައް ޝަރުތު ހަމަވާ ބައެއް ނުބަލާ ހުރިހާ ނަމެއް ގުޅިއަށް އެޅުމަށްފަހު ވަނީ ގުރު ނަގާފައެވެ. އެގޮތުން މާރުކޭޓް އެއްވެސް ކުއްޔަކާ ނުލައި ހިންގުމަށް ހަވާލުކުރެވިފައިވަނީ ހަމަ އެ ދުވަހު ރެޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވޮއިސްއަށް މައުލޫމާތު ދެއްވާފައިވއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަސް މާރުކޭޓް ބަލަހައްޓާނެ ފަރާތެއް ގުރުއަތުލައިގެން ހޮވުމަށްފަހު އެޗްޑީސީން ވަނީ އެވަގުތު އެ ތަނުގައި މަސް ވިއްކަމުންދިޔަ ފަރާތްތަކުން ކުއްލިގޮތަކަށް އެ ތަން ހުސްކުރުމަށް އަންގާފައެވެ. އެވަގުތު އެފަރާތްތަކުގެ އަތުގައި މަސްފަދަ ތަކެތިވެސް ހުއްޓެވެ.

މިފަރާތްތަކުން ވަނީ ހުޅުމާލޭގެ ވަގުތީ މަސް މާރުކޭޓާއި ގުޅޭ ދެ ހުށައެޅުމެއް އެޗްޑީސީއަށް ހުށައަޅާފައެވެ. އެގޮތުން ފުރަތަމަ ހުށައެޅުމުގައިވާ ގޮތުގައި ހުޅުމާލޭގެ ވަގުތީ މަސް މާރުކޭޓްގެ ފެންބިލަށްވާ އަދަދުގެ 40 އިންސައްތަ އެ 9 މީހުންގެ މައްޗަށް ބަހާލައިގެން ކޮންމެ މަހަކު ދެއްކުމަށާއި ކަރަންޓް ބިލްގެ 50 އިންސައްތަ ދެއްކުމަށްވެސް ވަނީ ހުށައަޅާފައެވެ.

އަދި މަސްވިއްކާ 5 އަށި އެ 9 މީހުންނަށް ލިބޭނެގޮތް ހަދައިދޭންވެސް ވަނީ ހުށައަޅާފައެވެ.

މި ފަރާތްތަކުގެ ދެވަނަ ހުށައެޅުމުގައި ވަނީ ކޮންމެ މީހަކު ދުވާލަކު 50 ރުފިޔާގެ ފީއެއް ދައްކައި، 5 އަށި ލިބޭނެގޮތް ހަދައިދޭން އެދިފައެވެ. އަދި ހުޅުމާލޭގެ ވަގުތީ މަސް މާރުކޭޓް ސާފުތާހިރުކޮށް ބެލެހެއްޓުމަށްޓަކައި 9 މީހުންގެ ފަރާތުން ތަން ހިންގަން ހަވާލުވެ ހުންނެވި ފަރާތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމަށްވެސް މި ފަރާތްތަކުން ވަނީ ބުނެފައެވެ.

"ވޮއިސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް މާރުކޭޓް ހިންގަން ހަވާލުކޮށްފައިވަނީ އެއްވެސް ކުއްޔަކާއި ނުލައި، ދާދިފަހުން ރަޖިސްޓަރވެސް ކުރި ކުންފުންޏަކާއިއެވެ. ނަމަވެސް މި ކުންފުނިން ދަނީ މަސްވިއްކަން ތިބޭ ފަރާތްތަކުގެ އަތުން 200 ރުފިޔާގެ ފީއެއް ނަގަމުންނެވެ.

Advertisement

ކޮމެންޓް