ޕާކިސްތާނުގައި މީހުން ހޮހަޅަތަކުގައި ދިރިއުޅެނީ

21 Nov 2018 | 05:48

ޕާކިސްތާާނުގެ ވެރިރަށް އިސްލާމްއާބާދާއި މާ ދުރުނޫން ސަރަހައްދެއްގައި ހޮހަޅަތަކުގައި އުޅޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

އަރަބި އަދި އޭޝިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިސްލާމްއާާބާދާއި ގާތްގަނޑަކަށް 60 ކިލޯމީޓަރ ދުރުގައި ހުންނަ ހަސަން އަބްދުލް އަވަށުގެ އެންމެން ކަހަލަ ގޮތަކަށް އުޅެނީ ހޮހަޅަތަކުގައި ގެތައް ހަދައިގެންނެވެ. މި ގެތަކަކީ ބިންހެލުމާއި، ބޮންގޮވުމާއި ކިސަޑު ފޭބުންފަދަ ކަންކަމުން ފުރިހަމައަށް މީހުން ރައްކާތެރި ކޮށްދޭނެ ގެތަކެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ.

މިގެތައް ހަދާގޮތަށް ބަލާލާއިރު، އަތުން ހޮހަޅަތެރެ ކޮނުމަށްފަހު، ބިތުގައި ސިމެންތި އުވަޖަހައެވެ. މިތަންތަނުގެ ފިނިހޫނުމިނަކީވެސް ޕާކިސްތާނުގެ މޫސުމާއި ގުޅޭ ފިނިހޫނުމިނެއްކަމުގައިވެއެވެ. ހޮހަޅަތަކުގެ ތެރޭގައި ގެ ހެދުމަކީ އަގުގެ ގޮތުން ބަލާއިރު ކުޑަކަމެއް ކަމުގައި ހަސަން އަބްދުލް އަވަށުގެ މީހުން ބުނެއެވެ.

ހޮހަޅަތަކުގައި ގެތައް އެޅުމަކީ ޕާކިސްތާނުގައި ކުރިންވެސް ކުރަމުންދިޔަ ކަމެކެވެ. ހޮހަޅަތަކުގައި ގެއަޅަން ޖެހުނީ، ވެރިރަށް އިސްލާމްއާބާދުގެ ސަރަހައްދުގައި ގެތަކުގެ އަގުތައް ބޮޑުކަމުން ކަމުގައިވެއެވެ.

Advertisement

ކޮމެންޓް