Advertisement

ކޮވިޑް-19 ޖެހިގެން މެލޭޝިޔާގައި ދިވެއްސަކު ނިޔާވިކަމުގެ މައުލޫމާތެއް ނުލިބޭ: ޚާރިޖިއްޔާ

08 Oct 2020 | 15:16

މެލޭޝިޔާގައި ކޮވިޑް-19 ޖެހިގެން ދިވެއްސަކު ނިޔާވި ޚަބަރެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑް-19 ބަލީގައި މެލޭޝިޔާގައި ދިވެއްސަކު ނިޔާވިކަމުގެ މައުލޫމާތެއް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ލިބިފައި ނުވާކަމަށެވެ. އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބެލުމުންވެސް މިފަދަ މައުލޫމާތެއް އެނގިފައި ނުވާކަމަށް އެބޭފުޅާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއުވާން ވަނީ މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދިވެހިންނަށް އެހީތެެރިކަން ފޯރުކޮށްދޭން 24 ގަޑިއިރު ޚިދުމަތުގައި ހަރަކާތްތެރިވަމުންދާނެކަމަށް ފާހަގަަކުރައްވާފައެވެ.

ދިވެހިންގެ ގިނަބަޔަކު މަތީ ތައުލީމް ހާސިލްކުރުމަށާއި ވަޒީފާ އަދާކުރުމަށް ދިރިއުޅެމުންދާ މެލޭޝިޔާގައި ފަހަކަށް އައިސް ކޮވިޑް-19 ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. މީގެ ކުރިން މި ބަލި ޖެހުނު ދިވެހިން މެލޭޝިޔާއިންވެސް ފެނިފައިވެއެވެ.

Advertisement

ކޮމެންޓް