ޚަޝޯގީ މަރުގެ މައްސަލައިގައި ސައުދީގެ ދިފާާއުގައި ޓްރަމްޕް!

21 Nov 2018 | 05:25

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި އަނިޔާވެރިކޮށް މަރާލި ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީއަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިކުމެ ވަޑައިގަންނަވައިފިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި ޓްރަމްޕް ވަނީ ހަޝޯގީގެ މަރަކީ އެމެރިކާއިން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކޮށް، ނަމަވެސް އޭގެ ސަބަބުން އެމެރިކާއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ޚާރިޖީ އަދި ވިޔަފާރީގެ ގުޅުމަށް ބުރުލެއް އައުމަށް ނޭދޭ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް މިހެން ވިދާޅުވީއިރު، އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ރިޕޯޓެއްގައި ޚަޝޯގީގެ މަރުގެ ފަހަތުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާކަމަށް ބަޔާންކޮށްފައިވާއިރު، ޓްރަމްޕް އަދި ވަލީއަހުދާާއި ބެހޭ ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައިގައި ދުނިޔޭގެ ގިނަ ފަރާތްތަކުން ދަނީ މިކަމުގައި ވަލީއަހުދުގެ އަތެއްވާކަމަށް ބަޔާންކުރަމުންނެވެ. ނަމަވެސް މި ތުހުމަތުތައް ސައުދީ އަރަބިއްޔާއިން ވަނީ ދޮގުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement