ދީޕިކާ ޕަޑުކޮން ކަނދުރާގައި ޖަހާފައިވާ ޓެޓޫ ފޮހެލީބާ؟

21 Nov 2018 | 06:14

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ދީޕިކާ ޕަޓުކޮންއޭނަގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ރަންބީރު ކަޕޫރްގެ ނަމުގައި ދީޕިކާ ކަރުގައި ޖަހާފައިވާ ޓެޓޫ ފޮހެލައިފިއެވެ.

މި ނޮވެމްބަރ މަހު 14 އަދި 15 ގައި ކައިވެނިކުރި ދީޕިކާ ޕަޓުކޮން އަދި ރަންވީރު ސިންގް އެމީހުން ކައިވެނީގެ އުފަލުގައި ބެންގަލޫރުގައި ބާއްވާ ޕާޓީއަށް ތައްޔާރުވުމަށް މި އަންގާރަ ދުވަހު އެމީހުން ބެންގަލޫރު ސިޓީ އެއާޕޯޓަށް ފޭބިއިރު އެންމެންގެވެސް ލޮލުގައި އަޅައިގަތީ ދީޕކާގެ ކަރުގައި އިން ޓެޓޫ ނެތްކަމެވެ.

އެޓެޓޫ ދުވަހަކު ދީޕކާގެ ކަރުގައި އިންހެންވެސް ހީނުވެ. ދެން އެންމެން ސުވާލު އުފައްދާ ކަމަކީ އެ ޓެޓޫ ދީޕިކާ ކޮއްފައިހުރި މޭކަޕުންފުހެލީހެއްޔެވެ. ނުވަތަ އޭނަ ރަންވީރު އާ ކައިވެނިކުރަން އެ ޓެޓޫ އެއްކޮއް ނައްތާލީ ހެއްޔެވެ.

ރަންވީރު އާއި ދީޕިކާ ކައިވެނި ކޮއްފައިވަނީ ހަމައެކަނި އާއިލާ މީހުންގެ ހާޒިރުގައި އިޓަލީގައި ބޭއްވި ހަފްލާއެއްގައެވެ.

ކައިވެނީގެ އެންމެހާ ކަންކަން ނިންމާލުމަށްފަހު މި ދެމަފިރިން އެބުރި އިންޑިއާއަށް އައިސް ފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ދެމަފިރިންގެ ފޮޓޯތަކުން މިހާރުވަނީ މުޅި ސޯޝަލް މީޑިއާ ފުރާލާފައެވެ.

Advertisement

ކޮމެންޓް