Advertisement

ފުލުހުން އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް ހިންގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

12 Oct 2020 | 12:34

ފުލުހުން އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް ހިންގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސްގެ އެހީތެރިކަމާ އެކު، ޑްރަގް އެންފޯސްމެންޓް ޑިޕާރޓްމެންޓުން 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މި ތަކެތި އަތުލައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ބޯޓަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ބޯޓުން އަތުލައިގަނެވުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އަދި މެތަމްފެޓަމިނެވެ.

ސީޕީ ހަމީދު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ އިޖްތިމާއީ އަދި އިގްތިސާދީ ނުރަނގަޅު އަސަރު ބޮޑުކަމަށާއި، ޑްރަގްގެ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ފުލުހުން ވަނީ އައްޑޫ ސިޓީގައިވެސް ބޮޑު އޮޕަރޭޝަނެއް ހިންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މި މައްސަލައިގައި ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ. 

Advertisement

ކޮމެންޓް