ހުޅުމާލެ ހޮސްޕިޓަލް ޑޮކްޓަރުންނަށް ދެއްކޭނެގޮތް ހެދި ހަތަރުވަނަ ރަށަކަށް ވިލުފުށި!

13 Oct 2020 | 13:09

ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ރަށުގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަ ޖެހުނު ހަތަރުވަނަ ރަސާކަށް ތ. ވިލުފުށި ހަމަޖެހިއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ވިލުފުށީ ހެލްތު ސެންޓަރުން އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފެށުމުން މާލެ ނައިސް ރަށުގައި ތިބެގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ފޯރުކޮށްދޭ މި ޚިދުމަތަކީ އަމިއްލަ ރަށުގައި ތިބެގެން ސްޕެޝަލިސްޓް ޑޮކްޓަރުން ނުވަތަ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ފަސޭހައިން ދެއްކޭނެ ގޮތް ފަހިކޮށްދިނުމަށް ފެށި މަސައްކަތެއްކަމަށެވެ.

މި ޚިދުމަތްފެށީ ޏ.ފުވައްމުލަކަށެވެ. އަދި އެއަށްފަހު މ. މުއްޔާއި ފ. ނިލަންދުއާއި، އަދި މިހާރު މިވަނީ ތ. ވިލިފުއްޓަށްވެސް މި ޚިދުމަތްދޭން ފަށާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރާގޮތުގައި އޮންލައިން ކޮންސަލްޓޭޝަންގެ 3 ސެޝަން ކޮންމެ ހަފްތާއަކު ބާއްވާނެ ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ މީހުން، ހެލްތް ސެންޓަރާއި ގުޅައިގެން ޚިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ދެނީ ޒޫމް މެދުވެރިކޮށެވެ.

Advertisement

ކޮމެންޓް

Advertisement