ސިންގަޕޫރުގެ އިގްތިސޯދު ހަލުވިކާމާއިއެކު ބާރަށް ކުރިއަށް

14 Oct 2020 | 10:35

ކޮވިޑް-19 ގެ ސަބަބުން އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ސިންގަޕޫރުގެ އިގްތިސޯދުވެސް ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހު، މި އަހަރުގެ ތިންވަނަ ކުއާރޓާގައި އެޢައުމުގެ އިގްތިސޯދު މައްޗަށް ޖެހިލައިފިއެވެ.

މިއަހަރުގެ ދެވަނަ ކުއާރޓާގައި (އޭޕްރީލް-ޖޫން) ސިންގަޕޫރުގެ އިގްތިސޯދުވަނީ %13 ދަށްވެފަައިއެވެ. މިއީ ފަހުގެ ތާރީހެއްގަައި އެ ގަައުމުގެ އިގްތިސޯދު މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

މުޅި އިގްތިސޯދަށް ބަލާއިރު މި ކުއާރޓާގައި އިގްތިސޯދު %7 ދަށް ވިޔަސް މިއީ ކުރީގެ ކުއާރޓާރ އާއި ބަލާއިރު ރަނގަޅުވުމެކެވެ. ކުރީގެ ކުއާރޓާރ އާއި އަޅައިކިޔާއިރު މި ކުއާރޓާގައި އިގްތިސޯދު ވަނީ %7.9 ރަނގަޅު ވެފައިއެވެ.

ސިންގަޕޫރަކީ ސަރަހައްދުން އެންމެ ފުރަތަމަ ލޮކްޑައުން ކުރި އެއް ގައުމެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެންވެސް ކޮވިޑް-19 ސީރިއަސްކޮށް ނަގައި ބަލި ފެތުރުން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އަޅައި ހަރުކަށި އުސޫލުތަކެއް ގެންގުޅުނު ގައުމެކެވެ.

ކޮވިޑް-19 ޖެހިގެން ސިންގަޕޫރުގަައި މިހާތަނަށް މަރުވެފަި ވަނީ 28 މީހުންނެވެ. މިއީ 6 ވަރަކަށް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމަކާއި ބަލާއިރު ނިސްބަތުން ވަރަށް މަދު އަދަދެކެވެ.

އޮގަސްޓު މަހު ސިންގަޕޫރުގެ އިގްތިސޯދީ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2019 އާއި އަޅައިކިޔާއިރު މިއަހަރު އެ ގައުމުގެ އިގްތިސޯދު އެވްރެޖުކޮށް %6 ދަށްވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މިހާރު ވިޔަފާރިތަކާއި ދަތުރުތައް މަޑުމަޑުން އަލުން ހުޅުވެން ފަށާފައިވާއިރު ސިންގަޕޫރުގެ އިގްސިތޯދު ވަރަށް އަވަހަށް "ހަމަޔަަކަށް" އެޅޭނެ ކަމަށް އިގްތިސޯދީ މާހިރުން ލަފާ ކުރެއެވެ. އެއީ ގައުމުގެ އިގްތިސޯދީ އަދި މަނިޓަރީ ޕޮލިސީތައް ހަރުދަނާ ވުމުގެ ނަތީޖާ ކަމަށް އެފަރާތްތަކުން ފާހަނގަ ކުރެއެވެ.  

Advertisement

ކޮމެންޓް

Advertisement