މުޒާހާރާ ކޮންޓްރޯލް ނުވެގެން ތައިލެންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި

15 Oct 2020 | 10:24

ތައިލޭންޑުގައި ދަރިވަރުންތަކެއް އިސްނަގައިގެން ކުރަން ފެށި މުޒާހަރާ ކޮންޓްރޯލް ނުވެގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

ތައިލެންޑުގެ ޔުނިވާރސިޓީ ދަރިވަރުންތަކެއް އިސްނަގައިގެން ފެށި މި ސުލްހަވެރި މުޒާހަރާތައް ކުރިޔަށް ދާތާ ތިންމަސް ވެއްޖެއެވެ.

ޒުވާން ކުދިން ތަކެއް އިސްނަގައިގެން ފެށި މި މުޒާހަރާ އަކީ ތައިލެންޑުގެ ރަސްގެފާނާއި ޝާހީ އާއިލާ އާއި ދެކޮޅަށް ފެށި މުޒާހަރާއެކެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ޝާހީ އާއިލާ ބާރުތައް ކުޑަކޮށް މިހާރުގެ ބޮޑު ވަޒީރު އިސްތިއުފާ ދިނުމަށެވެ.

ތައިލެންޑުގެ ފުލުހުންވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ 20 ޒުވާނުން ހައްޔަރު ކޮށްފައިއެވެ. މިހާރު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިތުރު މީހުން ހައްޔަރު ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. 

Advertisement

ކޮމެންޓް