އިނގިރޭސި އަދި ސްޕެނިޝް ލީގު މެޗުތަކާއި ޕްރައިވެޓް ހަފްލާތަކަށް ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓް މިވަރެއް ނެތް!

22 Oct 2020 | 11:29

މާލޭގެ ހަލަބޮލިވެ ތޮއްޖެހިފައިވާ މާހައުލުގެ ހާސްކަމުން ލުޔެއް ހޯދާލުމަށް އެކި އުމުރުފުރާތަކުގެ ފަރާތްތަކުންވެސް މިސްރާބު ޖަހާ އެއް ތަނަކީ މާލޭގެ އެކި ކެފޭ ރެސްޓޯރެންޓްތަކެވެ. ރަހުމަތްތެރިންނާއި އާއިލާއާއި އެކު ހަޔާތުގެ މަޖާ އަދި ހިތާމަވެރި އޮލަ ވާހަކަތަކުގައި، އެއްޗެއް ކައިބޮއެ ހަދަމުން ތިބުމަކީ ގިނަބަޔަކަށް ލިބޭ ހިތްހަމަޖެހުމެވެ. ނަމަވެސް މިއަދު މާލޭގައި އެތަކެއް ކެފޭ އަދި ރެސްޓޯރެންޓްތައް ހުރުމުން ބައެއް ފަހަރަށް އޮންނަނީ ވަދެފަ ނުވަންނާނެ ތަނެއް ކަނޑައަޅަންވެސް ދަތިވެފައެވެ.

ހިތްގައިމު މާހައުލެއްގައި، އެހާ ކާރުބާރޫ ބޮޑުނޫން ސަރަހައްދެއްގައި އަގުހެޔޮކޮށް ކެއިން ބުއިން ލިބޭނެ ކެފޭ ރެސްޓޯރެންޓެއްގެ ވާހަކަ މީހަކު ކައިރިން އަހައިފިނަމަ އިވޭނެ އެއް ނަމަކީ ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓެވެ. މާލޭގެ ރަށްދެބައިމަގު ރާދަ ބުކްޝޮޕް ކުރިމައްޗަށް އޮންނަ ހެލެނބެލި ގޯޅީގައި ހުންނަ ކީގޯސް އަކީ ޖާގައިގެ ގޮތުން ތަނަވަސް ގޮތަކަށް ހަދާފައިވާ ތަނެކެވެ. "ވޮއިސް"ގެ ޓީމުން މިތަނަށް ކޮށްލި ޒިޔާރަތުން ފާހަގަވި ގޮތުގައި މިތަނުން އެކި ވައްތަރުގެ ކާތަކެތި ހެޔޮއަގުގައި ލިބިގެންދާއިރު، ތާޒާ ރަހަމީރު ހެދިކާއާއި އެކު ހަވީރު ސައިވެސް ލިބެއެވެ.

ރެސްޓޯރަންޓް

އަޅުގަނޑުމެންގެ ޓީމަށް މިތަނުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ރައްޓެހިންނާއި އާއިލާތަކުން އެއްވެ، އުފާވެރި މާހައުލެއްގައި މަޖާކޮށްލުމަށް ހެދިފައިވާ ޚާއްސަ ޕްރައިވެޓް ރޫމެވެ. 15 މީހުންގެ ޖާގައިގެ މި ޕްރައިވެޓް ރޫމްގައި ކަރޯކޭ ޖެއްސުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި މި ޕްރައިވެޓް ރޫމް ނަގާ ފަރާތްތަކަށް ޚާއްސަ ކެއުމުގެ ބާވަތްތައް ލިބޭ ޕެކޭޖެއްވެސް ވަނީ ތައާރަފްކޮށްފައެވެ.

ކަރޯކޭ ރޫމް

މި ދުވަސްވަރަކީ ގިނަބަޔަކު ގޭގައި ތިބެގެން ކާއެއްޗެހި އޯޑަރުކޮށް ހަދާ ދުވަސްވަރެކެވެ. ކީގޯސްއިން ވޮއިސްއަށް މައުލޫމާތުދިން ގޮތުގައި އެފަދަ ފަރާތްތަކަށްވެސް ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓުން ދަނީ ޚިދުމަތްތައް ދެމުންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9 ރޭގަނޑު 10:30 އަށް ޑެލިވަރީ އަދި ޓޭކްއަވޭގެ ޚިދުމަތް ފޯރުކޮށްދޭއިރު، އެތަނުން ވަނީ ޑެލިވަރީއަށް ޚާއްސަ މެނޫއެއް ތައާރަފްކޮށްފައެވެ. ކީގޯސްގެ ޓޭކްއަވޭ/ޑެލިވަރީ ހިދުމަތް ހޯދުމަށްޓަކައި ގުޅަން ޖެހޭނީ 7335700 އަށެވެ.

މި ޚިދުމަތަށް ކޭޝް އަދި އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ހަމަޖައްސާފައިވާކަމަށް އެ ކެފޭ ރެސްޓޯރެންޓުން މައުލޫމާތުދެއެވެ. ކީގޯސްގެ ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފުތާހިރުކަމަށް އަބަދުވެސް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް އެތަނުގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ. އަދި މާސްކް އެޅުމާއި މޭޒުތައް ދުރުގައި ބެހެއްޓުން ރެސްޓޯރެންޓްގައި ތަންފީޒުކޮށްފައި ވާނެކަމަށް ވަނީ ބުނެފައެވެ.

ކީގޯސްއިން އިތުރަށް ފާހަގަކުރި ގޮތުގައި މި ދުވަސްވަރަކީ ސްޕެނިޝް ލަލީގާ އަދި އިންގްލިޝް ޕްރީމިއަރ ލީގް ކުރިއަށްދާ ދުވަސްވަރެއްކަމުން، ކޮންމެ ރެއަކު މެޗްތައް ދެއްކުމުގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

Advertisement

ކޮމެންޓް