Advertisement

ތާލިބާނާއި އަފްޣާން ސަރުކާރުގެ ހަނގުރާމައިގެ މެދުގައި ރައްޔިތުން ތާށިވެފައި!

17 Oct 2020 | 05:22

އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި އެގައުމުގެ ސަރުކާރާއި ތާލިބާން ހަނގުރާމަވެރިންނާއި ދެމެދުގައި ކުރިއަށްދާ ހަމަލާބަދަލުކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ތާށިވެފައިވާ އާއިލާތަކަށް އޮތް ބިރު އިތުރުވަމުންދާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ވައިގެ ހަމަލާގެ އެހީއާއިއެކު ހެލްމެންދްގެ ކެޕިޓަލް ޝަހަރުކަމަށްވާ ލަޝްކަރ ގާހް ތާލިބާނުންގެ އަތްދަށަށް ދިއުމުން ސަލާމަތްކުރުމަށް އަފްޣާންގެ ސަލާމަތީ ބާރުތަކުން ދަނީ މަސައްކަތް ދަނީ ކުރަމުންނެވެ. ލަފާ ކުރެވޭގޮތުގައި މި ހަމަލާތަކުގެ ތެރޭގައި އެ ސަރަހައްދުގެ 35000 ރައްޔިތުން ގެތައް ދޫކޮށް ފިލައިފައިވެއެވެ.

ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ލަޝްކަރ ގާހްގައި ވަނީ ކަރަންޓުގެ ޙިދުމަތާއި މުވާސަލާތީ ނެޓްވޯކްތަކުގެ ޙިދުމަތް މެދުކެނޑިފައެވެ. އަދި މީގެ އިތުރުން އެ ޝަހަރުން އިން ނިކުމެވެން އޮތް މަގުތައްވެސް ވަނީ ބަންދުވެފައެވެ.

މިކަމާއި ގުޅިގެން އދގ އަސި އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ރައްޔިތުން ރައްކާތެރި ގޮތުގައި ތިބި ސަރަހައްދު ދޫކޮށް ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ދެފަރާތަށް ގޮވާލާފައެވެ.

އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީތަކުން ބުނި ގޮތުގައި އެ ސަރަހައްދުގައި ހިޔާވަހި ކަމެއްނެތި ވަރަށް ގިނަ ބަޔަކު ދަނީ މަގުމަތީގައި ނިދަމުންނެވެ. މީގެ އިތުރުން ފާހަގަކުރެވޭ ގޮތުގައި ހަމައެކަނި ލައިގެން ހުރި އަންނައުނާއިއެކު ލަޝްކަރ ގާހްގެ ބައެއް ރައްޔިތުން ސަލާމަތް ވެފައިވާއިރު، ގިނަ ބަޔަކު ދަނީ ބަނޑު ހައިހޫނުކަމުގެ ސަބަބުން މަރުވެދާނެ ކަމުގެ ބިރާއި ކުރިމަތި ލަމުންނެވެ. އަދި ގިނަ އަދަދެއްގެ ޒަހަމް ވެފައިވާ މީހުން ވަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކުރެވިފައެވެ.

ލިޔުނީ:މަރްޔަމް މަހާޝިން

Advertisement

ކޮމެންޓް

Advertisement