ޕީޕީއެމްއިން ލޯޔަލްޓީ ކާޑެއް ތަޢާރަފްކޮށްފި

16 Oct 2020 | 21:02

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން އެ ޕާޓީގެ މެންބަރުންނަށް އަމާޒުކޮށް ލޯޔަލްޓީ ކާޑެއް ތަޢާރަފްކޮށްފިއެވެ.

މިކާޑު ތަޢާރަފްކުރީ މިއަދު އެޕާޓީ އިން ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ.

މިކާޑަކީ މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ތަޢާރަފްކޮށްފައިނުވާ ކާޑެކެވެ. ޕީޕީއެމް އިން މިއަދު ނެރުނު މިކާޑު އެންމެ ފުރަތަމަ އަރުވާފައި ވަނީ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން މިކާޑާއި ޙަވާލުވެވަޑައިގެންނެވީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ.

މިޙަފްލާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ މިކާޑު ބިނާވެފައިވަނީ ރައީސް ޔާމީނުގެ ސިޔާސީ ފިކުރުފުޅުގެ މައްޗަށް ކަމަށާއި އަދި މިއީ އެހެން ސިޔާސީ ޕާޓީތަކަށް ދަސްކޮސްދިން ހަރުދަނާ ފިޔަވަޅެއް ކަމުގައެވެ. އަދި މިއީ ޕާޓީތައް ޒަމާނާއެއްގޮތަށް ތަރައްޤީކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މި ލޯޔަލްޓީ ކާޑުގެ ހަތަރު ކެޓަގަރީއެއް މިއަދު ވަނީ ތައާރަފްކޮށްފައެވެ. އެއީ މެޖެންޓާ، ސިލްވަރ، ގޯލްޑްގެ އިތުރުން ޕްލެޓިނަމެވެ.

Advertisement

ކޮމެންޓް