Advertisement

ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީނަށް ނަފްރަތުކުރޭ: ޑރ.ވަހީދު

19 Oct 2020 | 12:03

މިވަގުތު ޖަލުހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންދެކެ ބޭރު ދުނިޔޭގެ ބައެއް ގައުމުތަކުން ނަފްރަތުކުރާކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ކުރީގެ ރައީސް ޑރ.ވަހީދު ވިދާޅުވީ ބޭރު ގައުމުތަކުގެ ނޭދެވޭ ނުފޫޒުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި އެމީހުންގެ ބާރު ބޭނުން ގޮތަކަށް ހިންގުމުގެ ފުރުސަތު ނުދެއްވުމުން، ބޭރު ދުނިޔޭގެ ބައެއް ގައުމުތަކުން ރައީސް ޔާމީން ދެކެ ނަފްރަތުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރޭގެ ވާހަކަފުޅުގައި ޑރ.ވަހީދު ވަނީ އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވުމަށް ބޭރުގެ ބައެއް ގައުމުތަކުން ޕްރެޝަރކުރިކަމަށް ހާމަކުރައްވާފައެވެ.

އެގޮތުން ބޭރު ގައުމެއްގެ ވަޒީރަކާއި އެއް ފެންވަރެއްގެ ބޭފުޅަކު، އެއް ދުވަހަކު ބައްދަލުކުރައްވައި އެބޭފުޅާއާއި އެކުގައި އެ ދުވަހު މެންދުރުފަހު ޓީވީއަށް އަރުއްވައި އިސްތިއުފާދޭން ހުށައެޅުއްވިކަމަށް ޑރ.ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެފަދައިން އަމަލުކުރެއްވިނަމަ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް