ސަރުކާރުން މާލީ ކަންކަން ކުރިއަށް ގެންދަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށް: ޝިޔާމް

19 Oct 2020 | 15:39

މި ސަރުކާރުން މާލީ ކަންކަން ކުރިއަށް ގެންދަނީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހަށް ހުށައަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ ބަހުސްގައެވެ.

މި ބަހުސް މަރުޙަލާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހި ޤައުމުގެ މާލީ މުޝީރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޙަވާލްކުރައްވާފައިވަނީ އަވަށްޓެރި އިންޑިއާއި ކަމަށާއި، މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މިހާރުވެސް މިސަރުކާރުން ބަޖެޓުން ބޭރުގެ ޚަރަދުތައް ކުރަމުން ގެންދާ ކަމަށެވެ. އަދި ރާއްޖެއަށް އެހެން ގައުމެއްގެ ހެޔޮވަރު އިންވެސްޓްމެންޓެއް އަންނާނެކަމުގެ އުންމީދު ކެނޑިފައިވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވަނީ ރާއްޖޭގެ މާލީ އިންޓެލިޖެންސް އިންޑިއާއަށް ދީފައިވާކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް