ބިއެމްއެލް ކޮމިއުނިޓީ ފަންޑުން ވޭމަންޑޫގައި ހިތްގައިމު ޕިކްނިކް ސަރަހައްދެއް ޤާއިމްކޮށްފި

21 Oct 2020 | 15:41

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ތ.ވޭމަންޑޫގައި ހިތްގައިމު ޕިކްނިކް ސަރަހައްދެއް ޤާއިމްކޮށްފިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް' ގެ ދަށުން ތ.ވޭމަންޑޫ ތުނޑީކޮޅުގައި ހިތްފަސޭހަކާއެކު ދަތުރުގޮސް އުޅެވޭނެގޮތަށް ސަރަޙައްދެއް ޤާއިމް ކޮށްފައިވާ ކަމަށެވެ.

'ފަރުހިލާ ތުނޑި' ގެ ނަމުގައި ތަރައްޤީކޮށް މިހާރު މިތަން ވަނީ ޢާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައެވެ. މިތުނޑިއަކީ އާންމުކޮށް އާއިލާތައް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުން، މި ތަން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެހެން މިހާރުވަނީ ހިޔާވާނެ ގޮތަށް އަތިރމަތީގައި ކުޑަ ޖަހައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ގާއިމް ކުރެވިފައެވެ.

އަދި މީގެ އިތުރުން ވަނީ ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އަޅައި، 2500 ލީޓަރުގެ ފެން ޓޭންކެއްވެސް ބެހެއްޓިފައެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް މި ސަރަހައްދުގައި ވަނީ ޑަސްޓްބިންވެސް ބަހައްޓާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

މިރަށުގައި ޕިކްނިކް އޭރިއާ ހެދި އެންމެ ބޯޑު އެއްމަޤަސަދަކީ އެކުވެރި އާއިލާތަކެއް އުފައްދައި އެއްބައިބަންތަކަމައިއެކު ހިތްފަސޭހަ ވަގުތުތަކެއް ހޭދަކުރުމަށް ކަމަށް ވޭމަންޑޫ ޕިންކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.އަދި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ލިބިފައިކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް