ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ގެންނަން މިހާރުވެސް އެދިފައިވާނެ: ގަވަރނަރ

20 Oct 2020 | 14:22

ބައިނަލްއަގްވާމީ ޕޭމަންޓް ސިސްޓަމެއްކަމަށްވާ ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ގެންނަަން މިހާރުވެސް އެދިފައިވާނެ ކަމަށް އެމްއެމްއޭގެ ގަވަރނަރ އަލީ ޙާޝިމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު މިހެންވިދާޅުވީ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ބިލާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިއަދު ބައިވެރިވެ ވަޑައިގެން މައުލޫމާތު ދެއްވަމުންނެވެ

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރ އަލީ ހާޝިމް ވިދާޅުވީ ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ގެންނަން މިހާރުވެސް އެދިފައިވާނެ ކަމަށެވެ. ހާޝިމް ވިދާޅުވީ ރާއްޖޭގައި ޤާއިމްކުރަން އުޅެނީ އައިއެސްއޯ 222 ގެ މިންގަނޑަށް ފެތޭ ޕޭމަންޓް ނިޒާމެއްގެ ޚިދުމަތެއް ކަމަށެވެ.

އެހެންކަމުން އެކަމަށްޓަކައި ރާއްޖެއިން ކުރެވޭނެ ކަމަކީ ޕޭމަންޓް ސިސްޓަމެއް ޤާއިމްކޮށް، އެކަމުގެ މަޢުލޫމަތު ޕޭޕާލް ފަދަ ޚިދުމަތްދޭ ފަރާތަކަށް ޙިއްސާކުރުން ކަމަށްވެސް ޙާޝިމް ވިދާޅުވިއެވެ. އަދި އެކަމުގެ ނިންމުމަކީ އެފަރާތްތަކުގެ ނިންމުމެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް ނިސްބަތްވާ ގިނައަދަދެއްގެ ފަންނުވެރިން ދަނީ ޕޭޕާލް ރާއްޖެއަށް ގެނައުމަށް ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement