Advertisement

ޖެއްސުން ކުރުމާއި ފުރައްސާރަކުރުން ބަލައިގަންނާނީ ހެޔޮހިތުން: ޝަހީމް

26 Sep 2018 | 23:27

ރިޔާސީ އިންތިހާބުން ބަލިވުމާއި ގުޅިގެން ޖެއްސުމާއި ފުރައްސާރަ ރައްދުވި ނަމަވެސް އެކަންކަމަށް ކުރިމަތިލައްވާނީ ހެޔޮހިތުން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެއްސުން ކުރުމާއު ފުރައްސާރަ ބަލައިގަންނާނީ ހެޔޮ ހިތަކާއި އެކުގައި ކަމަށާއި އެފަދަ ކަންކަމަކީ ސިޔާސީ ދާއިރާގައި އުޅުއްވާއިރު ނުވެ ނުދާނެ ކަންކަން ކަމަށެވެ. އަދި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުން އެދި ދުއާ ކުރާ ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާފައިވާކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމީ ހިދާޔަތާއި ނޫރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައް ވެގެންދިޔަ ނަމަވެސް، ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތާ އެކުވެރިކަމާއި އެކު ތިބުމަކީ ގައުމީ މަސްލަހަތެއް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement