Advertisement

އަންނަ އަހަރު ފެބްރުއަރީ މަހަށް ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމަނީ

21 Oct 2020 | 14:24

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމައި މީހުންނާއި ހަވާލުކުރުމަށް އަމާޒުކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ސުހައިލް މިފަދައިން ވިދާޅުވީ ރާއްޖެޓީވީން ރޭ ގެނެސްދިން "ފަލަސުރުޚީ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ހިޔާ ފްލެޓް މަޝްރޫއުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި، އެޗްޑީސީން އެ މަސައްކަތްތައް މޮނީޓަރކުރަމުންދާ ކަމަށެވެ. އަދި ދައްޗެއް ދިމާވެއްޖެނަމަ ކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަދައްކައި އެކަން ހައްލުކުރާކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ހައްގުވެރިން އެ ތަންތަނަށް ބަދަލުވާއިރު، ފުރަތަމަ ދުވަސްވަރު ކުލި ނުނެގޭނެ ކަމަށެވެ. އަދި ކުލި ނަގަން ފަށާނީ ފިނިޝިންގ މަސައްކަތްތައް ނިމުމަށްފަހުގައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިތުރަށް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މަސައްކަތްތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރުން ކަމަށެވެ.

Advertisement

ކޮމެންޓް