Advertisement

ލ.ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 64 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި

20 Oct 2020 | 17:09

ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ 64 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

25.5 މިލިޔަން ރުފިޔާއަށް އެމްޓީސީސީއަށް މިދިޔަ އަހަރުގައި ހަވާލުކުރެވުނު އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރެވެމުންދާ މަސައްކަތަކިީ 5200 އަކަފޫޓުގެ ސަރަޙައްދެއްގެ ސަބްބޭސް ހެދުމުގެ މަސައްކަތެވެ.

ފޮނަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން އެރަށުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މަގުމަތީގެ ނިޝާންތައް ފާހަގަކޮށް، ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ދަށުން އެމްޓީސީސީން ދަނީ ރާއްޖޭގެ ގިނަ ރަށްރަށުގައި މަގުހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.

Advertisement

ކޮމެންޓް