Advertisement

ކޯ ވޯކްސްޕޭސް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފި

22 Oct 2020 | 02:25

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ގާއިމްކުރާ ކޯ ވޯކްސްޕޭސް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ނެރުނު ޢިޢުލާނެއްގައިވާ ގޮތުން އަލަށް ފަށާ ކުދި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔޫ.އެް.ޑީ.ޕީގެ ސަސްޓައިނަބްލްްް އިކޮނޮމިކް އެންވަޔަރމެންޑް ޑިވޮލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖެކްޓްގެ މާލީގެ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއިއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީސީސީ) ކޯޝެއާޑް ވޯކްސްޕޭސް ފެސިލިޓީއެއް މާލޭގައި ގާއިމްކުރަން ވަނީ ނިންމާފައެވެ.

މި ވޯކްސްޕޭސް ހުޅުވުމުގެ މަަޤްސަދަކީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްކޮށް، ޚިޔާލު ބަދަލުކުރެވޭނެފަދަ ފަހި މާޙައުލެއް ފޯރުކޮށްދިނުމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ކަރުދާސް ފުރިހަމަ ކުރެއްވުމަށްފަހު 27 އޮކްޓޯބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 1500 ކުރިން ހުށަހެޅުމަށްވެސް މި ޢިޢުލާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement