ޕީޓާ ޗެކް ޗެލްސީ ސްކޮޑުގައި ހިމަނައިފި

21 Oct 2020 | 07:20

ރިޓަޔަރ ކޮށްފައިވާ ގޯލް ކީޕަރު ޕީޓާ ޗެކް ޗެލްސީއިން ޕްރިމިއާ ލީގުގައި ވާދަކުރާ ސްކޮޑުގައި އެޓީމުން ހިމަނައިފިއެވެ. 38 އަހަރުގެ ޗެކް ޗެލްސީގެ ސްކޮޑުގައި ހިމަނާފައިވަނީ އެމެޖެންސީ ކަވަރ އެއްގެ ގޮތުގައެވެ.

ޗެލްސީއާއި ވާދަވެރި އާސެނަލްއަށް ބަދަލުވުމުގެ ކުރިން އޭނާ ވަނީ ޗެލްސީގައި 11 އަހަރު ހޭދަކޮށް 13 ޓްރޮޕީ ހާސިލްކޮށްފައެވެ.

ޗެކް ރިޕަބްލިކްއަށް ނިސްބަތްވާ ޗެކް ރިޓަޔަރ ކުރުމަށްފަހު 2019 ވަނަ އަހަރު އެނބުރި ޗެލްސީއާއި ގުޅި މިހާތަނަށް ހަރަކާތްތެރިވަމުން އައިސްފައިވަނީ ކްލަބުގެ ގޯލްކީޕިންގ ކޯޗިންގެ ކަންކަމުގައި އެހީތެރިޔެއްގެ ހައިސިއްޔަތުންނެވެ.

މިކަމާ ގުޅޭގޮތުން ޗެލްސީގެ މެނޭޖަރ ލަމްޕާޑް ބުނީ ކޮވިޑްއާއި ގުޅިގެން މި ސީޒަނަކީ އެހެން ސީޒަންތަކާ ތަފާތު ސީޒަނެއް ކަމަށައި ފާއިތުވި ހައެއް ނޫނީ ހަތް މަސް ދުވަސްތެރޭ ކަންތައްތައް ގޮސްފައިވަނީ ހީނުކުރާފަދަ ގޮތަކަށް ކަމަށެވެ. އެއާއެކު އިތުރު ކުޅުންތެރިޔަކު ހިމަނާނެ ޖާގަ އޮތުމުން ޗެކް ސްކޮޑުގައި ހިމެނީ ކަމަށްވެސް އޭނާ ބުންޏެވެ.

ޗެކް އަދިވެސް ހުރީ ވަރަށް ފިޓްކޮށް ކަމަށައި އޭނާ ކުޅުމައި ދުރުވީ ރިޓަޔަރ ނުކޮށް ކުޅުން ކުރިޔަށް ގެންދެވެން އޮއްވަ ކަމަށްވެސް ލަމްޕާޑް ވަނީ ފާހަގަކޮށްފައެވެ.

މިއާއެކު ޗެލްސީގެ ސްކޮޑުގައި ހިމެނޭ ގޯލް ކީޕަރުންގެ އަދަދު މިހާރުވަނީ ޖުމްލަ 4 އަކަށް އަރާފައެވެ. ދުނީޔޭގެ އެންމެ އަގު ބޮޑު ކީޕަރު ކެޕާވެސް ހުރީ އެޓީމުގައި ކަން ފާހަގަކޮށްލެވެއެވެ. 

Advertisement

ކޮމެންޓް

Advertisement