ޑރ.ޝާން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

21 Oct 2020 | 23:45

ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު އެއް ކަށީގެ ޑޮކްޓަރކަމުގައިވާ ޑރ.ޔޫސުފް ޝާން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ޑރ.ޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޭތެރެއަކުން ހުންއައުމާއި ރަނގަޅުވުމުގެ ތެރެއިން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަަމަށާއި، މިވަގުތު ހުންނެވީ އަމިއްލަފުޅު ގޭގައި އައިސޮލޭޝަންގައި ކަމަށެވެ.

އަދި އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ޑރ.ޝާނަކީ ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު އެއް ކަށީގެ ޑޮކްޓަރެވެ. މީގެ އިތުރުން އެބޭފުޅާއަކީ ސިއްހީ ކަންތައްތަކާއި މެދު އާންމުންގެ މެދުގައި ހޭލުންތެެރިކަން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް