އަނެއްކާވެސް ކަންނެލީގެ އަގުވައްޓާލައިފި

22 Oct 2020 | 22:00

ބޮޑު ކަންނެލީގެ އަގު ބޮޑުކުރުމަށްފަހު އަނެއްކާވެސް ބޮޑުކަންނެލި ގަންނަ އަގު ދައްކޮށްފިއެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ބޮޑު ކަންނެލީގެ އަގު ބޮޑު ކުރުމަށްފަހު މިިހާރު ވަނީ ކަންނެލީގެ އަގު ދަށްކޮފައެވެ. މީގެ ކުރިން ކުންފުނިތަކުން މަސްގަންނަ އަގަށްބަލާއިރު 30 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 70 ރުފިޔާއަށެވެ. ނަމަވެސް މިހާރު މަސްކިރުވާ ހުރިހާ ކުންފުނިތަކުން މަސް ގަންނަނީ ކިލޯއެއް 55 ރުފިޔާގެ ރޭޓުންނެވެ. މީގެ އިތުރުން ކުރިން 60 ރުފިޔާ އަށް ގަންނަމުން އައި 18 ކިލޯއާއި 30 ދެމެދުގެ ކަންނެލި ކިލޯއެއް މިހާރު ގަންނަނީ 50 ރުފިޔާއަށެވެ.

ބޮޑު ކަންނެލީގެ އަގު އަވަސް އަވަހަށް ދަށްވުމާއި ގުޅިގެން މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަސްވެރިން ހާމަކުރާގޮތުގައި ތެޔޮ ކޮޅު އަންދާލައިގެން މަސް ބާނައިގެން އަންނައިރު މަސްކިރުވާ އަގު ވައްޓާލުމުން އެމީހުން ކުރާ މަސައްކަތުގެ އަގުނުލިބެއެވެ.

ކަންނެލީގެ އަގު ވައްޓާލުމާއި ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަސްވެރިނަށް ހަމަ އަގު ހޯދައިދޭން ސަރުކާރަށްވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement