Advertisement

މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ސާރވޭ އެއް ކުރަން ނިންމައިފި

23 Oct 2020 | 04:50

މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ބެލުމަށް ޚާއްސަ ސާރވޭއެއް ކުރުމަށް ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސީރޯސާރވޭލަންސް ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށެވެ.

މިދިރާސާގެ ބޭނުމަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް-19ގެ ވައިރަސް ފެތުރިފައިވާ މިންވަރު ބެލުމަށް ކުރެވޭ ސާރވޭއެކެވެ. މާލޭސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ މިސާރވޭގައި،އެކިއުމުރުފުރާތަކުން ޖުމްލަ 4098 ބައިވެރިވާއިރު، ޓެސްޓު ހެދުމަށް 3 މިލިލީޓަރުގެ ލޭނަގާނެއެވެ.

މިދިރާސާގައި ބައިވެރިވާ ނަތީޖާއިން އެމީހެއްގެ ހަށޑިގަނޑުގައި މިބައްޔަށް ހުށަހެޅިފައިވޭތޯއާއި، ދިފާއީ ބާރު ހުރިތޯ އެނގޭނެއެވެ.

މިޓެސްޓު ހެދުމަށް މާލޭ އެކި ސަރަޙައްދުގައި ސްތޭޝަންތައް ބެހެއްޓޭނެކަމަށް އެޗްޕީއޭެއިން ވަނީ ބުނެފައެވެ.މި ސްޓޭޝަންތައް ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހަވީރު 4 އަކުން ރޭގަނޑު 7 އަށެވެ. މި ސްޓޭޝަން ބެހެއްޓޭ ތަންތަނަކީ ހުޅުމާލޭ ޖެމްސް ޕްރީސްކޫލުގައާއި، ވިލިމާލޭ ހޮސްޕިޓަލްގެ އިތުރުން މާލޭ ޤައުނީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ސައިންސްގައެވެ. އަދި ބަލިހާލަތު ހުރިގޮތުން ނާދެވޭ ޙާލަތެއްގައި ހުރިނަމަ ގެއަށް ގޮސް ސާމްޕަލް ނެގާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

"މިދިރާސާގެ ނަތީޖާ އަޅުގަނޑުމެން ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުން ކުރެވޭނެ.މިދިރާސާ ހަދާ އެއްވެސް ފަރާތަކަށް މިދިރާސާއަށްޓަކައި ހޯދޭ އެއްވެސް މަޢުލޫމާތެއް ހާމަނުކުރެވޭނެ.މިދިރާސާގައި ބައިވެރިވެފައިވަނީ ކާކުކަން ހާމަވާފަދަ އެއްވެސް މަޢުލޫމާތެއް ދިރާސާ ހާމަކުރާއިރު ބޭނުންނުކުރެވޭނެ.ނަމައި އެޑްރެސް ފަދަ ކާކުކަން އެގޭނެފަދަ މަޢުލޫމާތު ބޭނުން ކުރާނީ ނަތީޖާ އެމީހަކަށް ރައްދުކުރުމުން"އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް