ރާއްޖޭގެ ފުރަތަމަ ހެވީ މެޓަލް މުބާރާތް ފޯރިއާއި އެކު ކުރިއަށްދަނީ

23 Oct 2020 | 10:45

މެޓަލް ވޯސް މޯލްޑިވްސްގެ ނަމުގައި ދިވެހިރާއްޖޭގެ ހެވީ މެޓަލް މިއުޒިކް ފުޅާކޮށް ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ ޚާއްސަ މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ ބެޓަލް މިހާރު ކުރިއަށްދާއިރު، މި ބުރުގައި ހަތް ބޭންޑަކުން ވާދަކުރެއެވެ. މި ބެޓަލްގައި ބޭންޑްތަކުން ޖެހެނީ އަމިއްލަ ރާގުގެ އުފެއްދުމެއް ތައްޔާރުކުރުމަށްފަހު ހުށައަޅާށެވެ.

މި މުބާރާތުގައި ވާދަކުރާ ހަތް ބޭންޑަކީވެސް އަލަށް އުފެދުނު ހަތް ބޭންޑްކަން ފާހަގަކޮށްލެވެއެވެ. މި ބޭންޑްތަކަކީ ޒެސްޓާ ކޮންވިކްޝަން، ވޮއިޑް ސެންކްްޗުއަރީ، ޒެންނިއާ، ދަ މޮނޮކްރޮމެސީ ޕްރޮޖެކްޓް، ކްރިޕްޓިކް އީރާ، ސީރިއަލް އެކްސްޕެރިމެންޓްސް އަދި ނޯޓޯރިއަސްއެވެ.

މެޓަލް ވޯސް މޯލްޑިވްސްގެ އެއްވަނައަށް ދާ ޓީމަށް ވަނީ 38،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައެވެ. މީގެ އިތުރުން ތިން މަސް ވަންދެން ސްޓޫޑިއޯއެއްގައި ހިލޭ ޕްރެކްޓިސްކުރުމުގެ ފުރުސަތާއި ޕްރޮޕެޝަނަލް ރެކޯޑިންގ އަދި ލައިވް ޝޯވްއެއްގެ ފުރުސަތު ދޭންވެސް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވަނީ މެޓަލް ވޯސް މޯލްޑިވްސްގެ ފައުންޑަރުންނާއި، ދިވެހިރާއްޖޭގެ ހެވީ މެޓަލް މިއުޒިކް ފަންނުގައި ހަރަކާތްތެެރިވާ މަޝްހޫރު ފަރާތްތަކެކެވެ.

Advertisement

ކޮމެންޓް