ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 33 މީހުން!

23 Oct 2020 | 22:21

ދިވެހިރާއްޖެއިން އިތުރު 33 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 33 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 13 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،391 އަށް އަރާފައެވެ. މީގެ ތެރެއިން 329 މީހަކަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 38 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު،10،428 ވަނީ އަރާފައެވެ

Advertisement

ކޮމެންޓް