ރަހަމީރު "ވައްތިޔަރަ" ރިހާކުރު ބާޒާރަށް ނުކުމެއްޖެ!

25 Oct 2020 | 07:48

ތަފާތު ގިނަ ފަރާތްތަކުން އެކިއެކި ނަންނަމުގައި ހަދަމުންގެންދާ ރިހާކުރުގެ ލިސްޓަށް އިތުރު ނަމެއް ވުޖޫދަށް އަތުވެއްޖެއެވެ.

މީގެ ދެތިން ދުވަސް ކުރިން ބާޒާރަށް ނެރިފައިވާ ތެލުލި ރިހާކުރަކީ ވައްތިޔަރަ ބްރޭންޑުގެ ރިހާކުރެވެ. މިހާރު މާލޭގެ ބައެއް ފިހާރަތަކުން ގަންނަން ލިބޭ މި ރިހާކުރަކީ ވަރަށް މީރު ރިހާކުރެކެވެ.

ވައްތިޔަރަ ޕްރޮޑަކްޝަން ގެ މެނޭޖަރު ސަމްޢާން ޝަމީމް ވިދާޅުވީ ވައްތިޔަރަ ގެ ދަށުން ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރުމަށް ގަސްތުކޮށްފައިވާކަމަށާއި އެގޮތުން ފުރަތަމަ މި ނެރުނީ ތެލުލި ރިހާކުރުކަމަށެވެ.

"ވައްތިޔަރަ އަކީ އަޅުގަނޑުމެންގެ ބްރޭންޑު ނަން. މި ނަމުގެ ދަށުން ދިވެހި ގިނަ ޕްރޮޑަކްޓުތަކެއް ބާޒާރަށް ނެރުމަށް ގަސްތުކޮށްފަ އޮތީ. ފުރަތަމަ މި ނެރުނީ ތެލުލި ރިހާކުރު. މީ ހަގީގަތުގައިވެސް ވަރަށް މީރު ތެލުލި ރިހާކުރެއް. އަޅުގަނޑު ދަންނަވާނީ އެއްފަހަރުވެސް ރަހަ ބަލައިފިއްޔާ ދެން މި ރިހާކުރު އިތުރަށްވެސް ގަންނާނޭ. މި ބްރޭންޑުގެ ދަށުން އިރާދަކުރެއްވިއްޔާ އެހެން އުފެއްދުންތައްވެސް ނުކުންނާނެ. އަޅުގަނޑުމެން މިބަލަނީ އާއްމުންނަށް އެންމެ އެކަށީގެންވާ ހެޔޮ އަގުތަކެއްގައި އަޅުގަނޑުމެންގެ އުފެއްދުންތައް ވިއްކުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުފެއްދުންތަކާއިމެދު އާއްމުން ހިތްހަމަ ޖެހޭނެ" ސަމްޢާން ވިދާޅުވިއެވެ.

ވައްތިޔަރަ ބްރޭންޑު ގެ ފުރަތަމަ އުފެއްދުންކަމަށްވާ ތެލުލި ރިހާކުރު ފުޅިއެއް ވިއްކަނީ 55 ރުފިޔާއަށެވެ. ފިހާރަތަކަށާއި އާންމު ފަރާތްތަކުގެ އޯޑަރު މިހާރު ނަގަމުން އަންނަ އިރު އޯޑަރު ދެއްވުމަށް 9970022 ނަންބަރަށް ގުޅާލުމުން އެކަން ހަމަޖެހިގެންދާނެކަމަށް ސަމްޢާން ޝަމީމް މައުލޫމާތު ދެއްވައެވެ.

Advertisement

ކޮމެންޓް