މަންޓާގެ އޭޓީއާރް ޝެޑިއުލް ފްލައިޓްތައް ދ.އަތޮޅަށް އަލުން ފަށައިފި

25 Oct 2020 | 13:49

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ސިނާއަތުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޓާ އެއާއިން ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މަންޓާ އޭޓީއާރް ދަތުރުތައް ފަށައިފިއެވެ.

މަންޓާއިން މިއަދު އޭޓީއާރު ދަތުރުތައް ފަށާފައިވަނީ ދ އަތޮޅައް އެކަނިއެވެ. އެ އެއަރލައިނުން ކޮވިޑާއި ގުޅިގެން ވަނީ ބ.ދަރަަވަންދޫއާއި ދ.ކުޑަހުވަދޫގެ އިތުރުން ގއ. ކޫއްޑޫއަށްވެސް ކުރަމުން އައި އޭޓީއާރު ދަތުރުތައް ހުއްޓާލާފައެވެ.

މިއަދު ދ އަތޮޅަށް މަންޓާގެ އޭޓީއާރ ފްލައިޓް އަލުން އުދުހެން ފަށާއިރު ފުރަތަމަ ފްލައިޓް ތާވަލް ކުރެވިފައިވަނީ މިއަދު 14:00 ގައިއެވެ.

ފާހަގަކޮށްލެވޭގޮތުގައި ނިއު ނޯމަލްގައި ރައްކާތެރިކަމާއި އެކު ހަމަޖެހިގެން ދަތުރުކުރުމަށް އެ އެއާލައިނުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ބައިނަލްއަގްވާމީ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުން މަންޓާއިން ވަނީ ބ.އަތޮޅާއި ދ.އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ފަށާފައެވެ. 

Advertisement

ކޮމެންޓް