Advertisement

އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހއ.ހޯރަފުއްޓަށް

25 Oct 2020 | 17:14

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓްގެ ފިކްސް ބްރޯޑްބޭންޑްގެ ޚިދުމަތް ހއ.ހޯރަފުއްޓަށް ތަޢާރަފްކޮށްފިއެވެ.

އުރީދޫ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ މޯލްޑިވްސް ގެ ފިކްސް ބޮރޯޑްބޭންޑްގެ ޚިދުމަތް ހއ.ހޯރަފުއްޓަށް ތަޢާރަފްކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފެންވަރު ރަނގަަޅު ޚިދުމަތް ލިބިގެންދިޔުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެންކަމަށެވެ. އެކުންފުނިން މިއަހަރު ތެރޭގައި މިހާތަނަށް 6 ރަށަކަށް ސުޕަރނެޓް ފިކްސް ބްރޯޑްބޭންޑްގެ ޚިދުމަތް ވަނީ ތަޢާރަފްކޮށްފައެވެ.

އެގޮތުން100 އެމްބީޕީއެސްގެ ހަލުވިކަމާއެކު އިންޓަރނެޓްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް ހއ.ހޯރަފުށީގެ ހުރިހާ ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވާނީ ހުޅުވާލާފައިކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން އުރީދޫ ސުޕަރނެޓް އަދި ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސުޕަރނެޓް ކަސްޓަމަރުންނަށް، އިތުރު 5ގުނަ ހަލުވި ސްޕީޑާއެކު 68% އާއި ހަމައަށް އިތުރު ޑޭޓާ ލިބޭނެއެވެ.

Advertisement

ކޮމެންޓް