Advertisement

މާލޭގެ ގެސްޓްހައުސްތައް އަންނަމަހު މެދުތެރޭގައި ހުޅުވަން މަސައްކަތްކުރަނީ

26 Oct 2020 | 19:28

މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހު މެދުތެރޭގައި ހުޅުވުމުގެ ހުއްދަ ދެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްްއެމްއަށް މައުލޫމާތު ހިއްސާކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަންނަމަހު މެދުތެރޭގައި ހުޅުވުމަށް ހުއްދަދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެެވެ. އަދި މިސަރަޙައްދުގެ ގެސްޓުހައުސްތައް ބަންދުކޮށްފައި ހުންނަ ދުވަސްތަކަކީ ގެއްލުން ދުވަސްތަކެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.މައުސޫމް މީގެ ކުރިން ވަނީ މާލޭގެ ގެސްޓްހައުސްތައް ހުޅުވެން އޮތީ 28 ދުވަސް ވާންދެން 1000 އަށްވުރެ ދަށްނުވާ އަދަދަކަށް ކޮންމެ ދުވަހަކު ސާމްޕަލް ނަގައި، އޭގެން އެންމެ ގިނަވެގެންވެސް 5 އިންސައްތަ ޕޮޒިޓިވްވުމުންކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އެބޭފުޅާ ވަނީ ގެސްޓްހައުސްތައް ހުޅުވާލަން އެޗްޕީއޭއިން ހުއްދަ ދޭހާ އަވަހަކަށް ޓޫރިޒަމް މނިސްޓްރީން އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް