Advertisement

ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ އަޑު ގަދަވަނީ

27 Oct 2020 | 06:11

އިސްލާމީ ދުނިޔޭގެ ގައުމުތަކުގައި ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ އަޑު ގަދަވާން ފަށައިފިއެވެ.

އެގައުމުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލަމުންދަނީ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޯން ބައެއް ބަސްތަކާއި އަމަލުތަކުން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ކުޑައިމީސްވާކަމަށް ބުނެއެވެ.

އެގޮތުން ދާދިފަހުން ފްރާންސްގެ ރައީސް މެކްރޯން ވަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އުފައްދާފައިވާ ކާޓޫނުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި އެހެންކަމުން މެދު އެގައުމުން ފިޔަވަޅެއް ނާޅާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީނަކީ މުޅި ދުނިޔޭގައިވެސް ހަމަނުޖެހުމެއްގައި އޮތް ދީނެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

މިކަމާއި ގުޅިގެން އެގައުމަށް ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ތުރުކީންނެވެ. އެގައުމުގެ ރައީސް އުރުދުޣާން ވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފަރަންސޭސި އުފެއްދުންތަކާއި ދުރުވާން ޖެހޭކަމަށް ފާޅުގައި ވިދާޅުވެފައެވެ.

އަދި ޔޫރަޕްގެ ލީޑަރުން ވެގެން މެކްރޯނާއި އެބޭފުޅާގެ ނަފްރަތުން ފުރިގެންވާ ކެމްޕެއިން ހުއްޓުވަން ޖެހޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެކްރޯން މައާފަށް އެދިވަޑައި ނުގަންނަވަނީވެސް ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ކެމްޕެއިން ދަނީ ސޯޝަލް މީޑިޔާގައި ވައިރަލްވަމުންނެވެ. މި ކެމްޕެއިނަށް ރިއާޔަތްކޮށް، މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ސުޕަރމާކެޓްތަކުން ދަނީ ފަރަންސޭސިވިލާތުގެ އުފެއްދުންތައް ވިއްކުން ހުއްޓާލަންވެސް ނިންމާފައެވެ.

Advertisement

ކޮމެންޓް