އެޖެންޑާ19 އަށް އެމްޑީޕީން ނޫނެކޭ: ޖޭއެސްސީ އެކުލެވިފައިވާގޮތް އިސްލާހުކުރަން ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި

27 Oct 2020 | 22:48

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ހުށަހެޅި ބިލް މަޖިލީހުގެ އެމްޑީޕީގެ ސުޕާމެޖޯރިޓީން ބޭރުކޮށްލައިފިއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް، ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި 161 ވަނަ މާއްދާ އާއި 162 ވަނަ މާއްދާ އަދި 165 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

މި އިސްލާހަކީ އެމްޑީޕީގެ އެޖެންޑާ19 ގެ ވައުދުތަކުގެ ތެރެއިން ވައުދެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ދައްކާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިހާރުގެ ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ސިޔާސީ ފަރާތްތަކެކެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލް ހިސާން، މަސްތޫރު ފާހަގަކުރެވެއެވެ. 

Advertisement

ކޮމެންޓް