Advertisement

ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުނުކޮށް ޝަރުޢީ ނިޒާމް އިސްލާޙްކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން:އަލީ ހުސައިން

28 Oct 2020 | 10:00

ޖުޑީޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) ކޮމްޕްސިޝަން ބަދަލުނުކޮށް ޝަރިުޢީ ނިޒާމް އިސްލާޙްކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްގެއެވެ.

އަލީ ހުސައިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖޭއެސްސީގެ ކޮމްޕްސިޝަން ބަދަލު ނުކޮށް ޝަރުޢީ ނިޒާމް އިސްލާހު ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ޖޭއެސްސިގެ ކޮމްޕޮސިޝަން ބަދަލުކުރުމަށް މަޖިލީހަށް ހުށަހެޅި އިސްލާޙް މަޖިލީހުން ބަލައިގަތުމަށް ފާސްނުވާ ކަމަށްވެސް މި ޓްވީޓްގައި ބުނެފައިވެއެވެ.

މަޖލީހުގެ އިއްޔެގެ ޖަަލްސާގައި ނެގި ވޯޓުގައި އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުންނެވެ. ނުފެންނަ ކަމަށް 50 މެމްބަރަކު ވޯޓު ދެއްވި އިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް، ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި 161 ވަނަ މާއްދާ އާއި 162 ވަނަ މާއްދާ އަދި 165 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

މި އިސްލާހަކީ އެމްޑީޕީގެ އެޖެންޑާ19 ގެ ވައުދުތަކުގެ ތެރެއިން ވައުދެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ދައްކާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިހާރުގެ ޖޭއެސްސީގައި ހިމެނެނީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ސިޔާސީ ފަރާތްތަކެކެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލް ހިސާން، މަސްތޫރު ފާހަގަކުރެވެއެވެ. 

Advertisement

ކޮމެންޓް