Advertisement

އެމްއެންޑީއެފްއިން ކައްދޫގައި އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

29 Oct 2020 | 12:53

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ އިތުރު ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑިއެފް އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަސްކަރީ އިތުރު ތަމްރީނު ތަކެއް ކުރުމަށް 31 އޮކްޓޯބަރ 2020 އިން ނޮވެމަބަރު މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން 23:59 އަށް ލ.ކައްދޫ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިތަމްރީނުތަކުގައި ބަޑިޖެހުމަަށް ހަމަޖެހިފައިވާތީ، ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

އެގޮތުން މި ތަމްރީންގައި ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް ފިސްތޯލަ، ރައިފަލް، މެޝިންގަން އަދި ފްލޭޔާސްއެވެ. އަދި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރެވެ.

މި ތަމްރީންތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލްއެވެ.

އަދި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ލ. ކައްދޫ ޓްރެއިނިންގ ސެންޓަރުގެ ރޭންޖްއިން އިރު ދެކުނެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް