Advertisement

ކޮވިޑް-19 އާއި ގުޅިގެން ފްރާންސް ދެވަނަ ފަހަރަށް ލޮކްޑައުންކޮށްފި

29 Oct 2020 | 17:14

ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮވިޑް-19 އާއި ގުޅިގެން ފްރާންސް ދެވަނަ ފަހަރަށް ލޮކްޑައުން ކޮށްފިއެވެ.

ފްރާސްގެ ރައީސް އިމެނުއެލް މެކްރޯންވަނީ ރޭގެ ވަގުތެއްގައި ފްރާންސް ލޮކްޑައުން ކުރިކަން އިއުލާންކޮށްފައެވެ.

ފާހަގަކޮށްލެވޭގޮތުގައި ދެވަނަ ފަހަރަށް ފްރާންސް ލޮކްޑައުން ކޮށްފައިވަނީ ކޮވިޑް-19 އިން ޕޮޒިޓިވް ކޭސްތައް ގިނަވެފައިިވާތީއެވެ. މިހެންކަމުން ހުކުރު ދުވަހުން ފެށިގެން މީހުންނަށް ބޭރަށް ނިކުމެވޭނީ ހަމައެކަނި އަސާސީ ބޭނުންތަކަށް އެކަނި ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ފްރާންސް ލޮކްޑައުން ކޮށްފައިވީނަމަވެސް އެގައުމުގެ ސްކޫލްތަކާއި ފެކްޓްރީތައް ހުޅުވާފައި ބެހެއްޓުމަށްވަނީ ނިންމާފައެވެ. ނަމަވެސް ރެސްޓޯރެންޓާއި ބާރފަދަ ތަންތަން ބަންދުވާނެއެވެ.

އެގައުމުން ކޮވިޑްގެ ދެވަނަ ރާޅަކާއި ކުރިމަތިލާންޖެހިފައިވާއިރު މިހާތަނަށް 35،000އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Advertisement

ކޮމެންޓް