Advertisement

ކާރަކުން ހަރަމްފުޅުގެ ގޭޓެއްގައި ޖައްސައިފި

31 Oct 2020 | 13:27

މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް ހަރަމްގެ ގޭޓެއްގައި ކާރަކުން މީހަކު ޖައްސައިފިއެވެ.

އެގޮތުން އާންމުވެފައިވާ ވީޑިޔޯތަކުން ފެންނަގޮތުގައި މީހަކު ވަނީ ހަރަމްފުޅުގެ ބޭރު ގޯތީގައިވާ ޕްލާސްޓިކް ބެރިކޭޑްތައް ފަޅާލުމަށްފަހު ކާރުގައި ދުއްވާފައިގޮސް އެތެރެއަށް ވަންނަން ހުންނަ ގޭޓެއްގައި ކާރު ޖައްސާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. މި ކާރު ދުއްވަން އިނީ ސައުދީ އަރަބިއްޔާގެ ރައްޔިތެކެވެ. އޭނާ މިހާރު ވަނީ އެގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައެވެ.

މިކަން ހިނގައިދިއުމަށްފަހު އެ ކާރު ވަނީ އެ ސަރަހައްދުން ގެންގޮސްފައެވެ.

Advertisement

ކޮމެންޓް

Advertisement