ނަސްރުގެ ދުވަހުގައި އިދިކޮޅުން ޖަލްސާއެއް ބާއްވަން ނިންމައިފި

31 Oct 2020 | 16:23

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެ ޕާޓީއިން ވަރަށް ޚާއްސަ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

"ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަސް ކަމުގައިވާ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 8 ޖަހާއިރު ކާނިވާ ސަރަހައްދުގައެވެ. މިޖަލްސާ ބޭއްވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް މިހާރު ސިޓީ ފޮނުވާފައިވާނެކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ.

އަދި އެކަމަށް ބޭނުންވާ ހުއްދައަށް އެދި ހައުސިން މިނިސްޓްރީއަށް މިހާރު ސިޓީ ފޮނުވާފައިވާނެ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ "ބަޑި ބުރާސްފަތި"ގެ ނަމުގައި އެއްވުމެއް ބާއްވާފައެވެ.

Advertisement

ކޮމެންޓް