Advertisement

ހުއްދަ ނުދިނުމުން އިދިކޮޅުގެއެއްވުން ޕީޕީއެމް ދޮރުމަތީގައި

01 Nov 2020 | 23:30

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖަލްސާ އެޗްޕީއޭއިން ހުއްދަ ނުދިނުމުން ޕީޕީއެމް/ޕީއެންސީ އޮފީހުގެ ދޮރުމަތީގައި ބޭއްވުމަށް އެ ކޯލިޝަނުން ނިންމައިފިއެވެ.

މިއަދު އެކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާ ކާނިވާ ސަރަހައްދުގައި ބާއްވަން އެޗްޕީއޭއިން ހުއްދަ ނުލިބިފައިވާތީ މިހާރު އެޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ޕީޕީއެން އޮފީސް ދޮރުމަތީގައި ކަމަށެވެ.

ސުޖާއު ވިދާޅުވީ ޖަލްސާ ބާއްވަން އެޗްޕީއޭއަށް ހުއްދައަށް އެދުމުން ހުއްދަ ނުދިން ކަމަށެވެ. އަދި ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް އެޗްޕީއޭއިން ލަފާދީފައިވާ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

އެހެންކަމުން"ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮންނާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ "ބަޑި ބުރާސްފަތި"ގެ ނަމުގައި އެއްވުމެއް ބާއްވާފައެވެ.

Advertisement

ކޮމެންޓް