ހިޔާގެ އެޗް7 ކެޓަގަރީން ނުގުޅޭ އިތުރު ފަރާތްތަކެއްގެ ނަންތައް އާންމުކޮށްފި

01 Nov 2020 | 20:12

"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި އިތުރު ފަރާތްތަކެއްގެ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމެޓީން ބުނީ "ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވޭކަމަށެވެ.

އެގޮތުން 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް ކަމުގައި ހަވާލާދީފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ލިސްޓްގައިވާ ފަރާތްތަކުގެ އިތުރުން، އެ ކޮމިޓީއިން ކުރިއަށްގެންދާ ވެރިފައިކުރުމުގެ ޕްރޮސެސްގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ. މިހެންކަމުން ފާހަގަކުރެވިފައިވާ އިތުރު ފަރާތްތަކުގެ ލިސްޓް، (ލިސްޓް 2) އެ ކޮމެޓީގެ އިޢުލާނާއެކު ވަނީ އެޓޭޗްކޮށްފައެވެ.

އެހެންކަމުން އެ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ 2 ލިސްޓުގައި ހިމެނޭ ފަރާތްތަކުން 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ވަނީ އެދިފައެވެ

Advertisement

ކޮމެންޓް