ފްލައިޓް ޑިލޭވުމުން ޖެކެޓް އަންދާލައިފި

23 Nov 2018 | 05:38

ޕާކިސްތާާނުގެ ގިލްގިތް ބަލްގިސްތާން އަވަށުގެ ޓޫރިޒަމް މިނިސްޓަރ ދަތުރުކުރައްވަން އޮތް ފްލައިޓް ކެންސަލްވުމުން، އެބޭފުޅާ އަމިއްލައަށް ތުރުކުރައްވައިގެން ހުންނެވި ޖެކެޓް އަންދަވާލައްވައިފިއެވެ.

ޕާކިސްތާނުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ހާދިސާ ހިނގީ އެސަރަހައްދުން ވެެރިރަށް އިސްލާމް އާާބާދަށް ދަތުރުކުރަން އޮތް ފްލައިޓް، މޫސުން ގޯސްވުމާއި ގުޅިގެން ކެންސަލްވުމުންނެވެ. މިހެން ވުމުން މިނިސްޓަރ ވަނީ ރުޅިގަަދަވެ، އެއަރޕޯޓުގެ ސެކިއުރިޓީގެ ސްޓާފުންވެސް ކޮއްޕާ ހަދާފައެވެ.

އަދި މިނިސްޓަރ ފަހުންވަނީ، އަމިއްލައަށް ލައިގެން ހުރި އަގުބޮޑު ޖެކެޓް ބޭލުމަށްފަހު، އެ ޖެކެޓްގައި ރޯކޮށް، އެއަރޕޯޓުގެ ފަޔަރ އެލާމް އެކްޓިވޭޓްކޮށްފައެވެ.

މި މައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އެ މިނިސްޓަރގެ މައްސަލަ ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހަށް ތާވަލްކޮށްފައެވެ.

Advertisement

ކޮމެންޓް