ކުއްލި ދަތުރުފުޅެއްގައި އިލްޔާސް އިންޑިއާއަށް ވަޑައިގެންފި!

04 Nov 2020 | 09:37

އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ޝައިޚް އިލްޔާސް ހުސެއިން ނިމިދިޔަ ހަފްތާ ބަންދުގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓްގައި ޝެއިޚް އިލްޔާސް އިންޑިއާއަށް ވަޑައިގެންފައިވާ ސީދާ ކޮން ބޭނުމެއްގައިކަމެއް ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އިލްޔާސް އިންޑިއާއަށް ވަޑައިގަތުމަށް މަގުފަހިކޮށްދެއްވީ ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ޝެއިޚް އިލްޔާސް އިންޑިއާއަށް ވަޑައިގެންފައި މިވަނީ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

ކޮމެންޓް