ސިޓީއާއެކު މޮރީނިއޯއަށް ލީގު ކާމިޔާބު ކުރެވޭނެ: ޑްރޮގްބާ

23 Nov 2018 | 11:00

މެންޗެސްޓާ ޔުނައިޓެޑާއި ވާދަވެރި މެންޗެސްޓާ ސީޓީގެ ކޯޗުކަމުގެ މަގާމުގައި ހުރެ ލީގް ތަށި މޮރީނިއޯއަށް ކާމިޔާބު ކުރެވޭނެ ކަމަށް ޗެލްސީގެ ލެޖެންޑް ޑީޑިއޭ ޑްރޮގްބާ ބުނެފިއެވެ.

ސިޓީގެ ކޯޗުގެ ގޮތުގައި މޮރީނިއޯ ހުރިނަމަ އެޓީމުން ތިންވަރަކަށް ފަހަރު ލީގް ނަގާނެކަމަށް ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި ޑްރޮގްބާ ބުނެފައިވެއެވެ.

މެޗުތަކުން މޮޅުވުމުގައި މޮރީނިއޯވަނީ ހާއްސަ ސްޓޭންޑަޑެއް ގާއިމް ކޮށްފައި ކަމަށާއި ރަނގަޅު ނަތީޖާތަކެއް ނުނުކުންނަނަމަ އެކަމައި މެދު ސުވާލު އުފައްދާނެ ބަޔަކު ތިބޭނެ ކަމުގައިވެސް ޑްރޮގްބާ ބުންޏެވެ. ޑްރޮގްބާ މިހެން ބުނެފައިވަނީ މިސީޒަނުގައި ޔުނައިޓެޑުން މިހާތަނަށް ނެރެފައިވާ ދަށް ނަތީޖާތަކަށް ނިސްބަތްކޮށެވެ.

މޮރީނިއޯއަށް އެންމެންގެ ސަމާލުކަން ލިބެނީ އޭނާއަކީ އެންމެ މޮޅެތި މެނޭޖަރުންގެ ތެރެއިން ނަގާލެވޭ މީހަކަށްވާތީ ކަމަށާއި ސަރ އެލެކްސް ފާގަސަންގެ ފަހުން ޔުނައިޓެޑްއާއި ހަވާލުވުމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމުގައި ޑްރޮގްބާވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން، މޮރީނިއޯއަށް ޔުނައިޓެޑް ހަމައަކަށް އަޅުވަން ވަގުތު ލިބެން ޖެހޭ ކަމަށް ގަބޫލުކުރާކަމުގައި ޑްރޮގްބާ ބުންޏެވެ. މޮރީނިއޯވަނީ ޔުނައިޓެޑައި ހަވާލުވިފަހުން ދެ އަހަރައި ބައިގެ ތެރޭގައި ޔޫރޯޕާ ލީގް އަދި އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.

ޑްރޮގްބާވަނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގް އަދި އެފްއޭ ކަޕް ހިމެނެއެވެ.

Advertisement

ކޮމެންޓް

Advertisement