3 ނޮވެމްބަރުން ފިލާވަޅެއް!

03 Nov 2020 | 15:18

1998 ނޮވެމްބަރު 3ވީ ބުރާސްފަތި ދުވަހަކީ މިފަހުގެ ތާރީޚުގައިވެސް ދިވެހިން ދެކެފައިނުވާ ބިރުވެރި ދުވަހެކެވެ. ދިވެހިންގެ ބިމަށް ދީފައިވާ ޙަމަލާއަކީ ދިވެހިން ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ޙަމަލާއެއް އައި ދުވަހެކެވެ. އެ ދުވަހަކީ ދިވެހިންގެ މިނިވަންކަން ނިގުޅައިގަންނަން ބަޔަކު މަސައްކަތްކުރި ދުވަހެކެވެ. ކުށެއްނެތް ދިވެހި އެތައް ދަރިންތަކެއްގެ ލޭ މިބިމަށް އޮހޮރުވާލި ދުވަހެކެވެ. ދިވެހި ޤައުމުގެ ސިފައިންތަކެއް ޝަހީދުވި ކަޅު ދުވަހެކެވެ.

3 ނޮވެމްބަރުގެ ޙާދިސާއަކީ ދިވެހި ޚާއިނުންގެ ބަޔަކު އިސްވެތިބެ ދިވެހި ޤައުމަށް ކުރިމަތިކުރުވި ޓެރަރިސްޓް ހަމަލާއެކެވެ. މިކަމުގެ އެބައިމީހުންނަށް ވާގިވެރިވީ ޓެރަރިސްޓް ޖަމާއަތެކެވެ. ދިވެހިރާއްޖޭގައި އުފެދިފައި އޮތް ގާނޫނީ ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ސްރީލަންކާގެ ޕްލޯޓް ޖަމާޢަތުގެ 80 މީހުންނާ އެކު ސްރީލަންކާގެ ޓެރަރިސްޓް ޖަމާެތުން ފުރާފައިވަނީ 29 އޮކްޓޯބަރު 1988 ދުވަހުގެ ރޭ 8:30 ހާއިރުގައެވެ. އެޚާއިނުން އައީ ދިވެހިންގެ ލޭ އޮހޮރުވާލައިގެންވިޔަސް، އޭރުގެ ވެރިކަން ވައްޓާލުމަަށް ކުރެވުނު ކޮންމެ ކަމެއް ކުރުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

ނޮވެމްބަރު 3ގައި ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ދައްކުވާފައިވާ ހިތްވަރާއި، އެކުވެރިކަމާ އެއްބައިވަންތަ ކަމަކީ ދިވެހިންނަށް ނަސްރު ލިބުނު ކަމުގެ އަސްލެވެ.

ވަކީން ޚާއްސަކޮށް އެދުވަހު ދިވެހި ސިފައިން ޙަރަކާތްތެރިވެފައިވަނީ ވަރަށް ވިސްނުންތެރިކަމާ އެކީގައެވެ. ކުއްލިއަކަށް މިޤައުމަށް ކުރިމަތިވި ޙަމަލާއަކުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމަށްޓަކައެވެ. ޝައްކެއްވެސް ނެތެވެ. މިއަދު ދިވެހިން ދެކެމުންމިދާ މިނިވަންކަމުގެ ހަޤީޤީ އަސްލަކީ މިޤައުމަށްޓަކައި ޝަހީދުވި ޝަހީދުންނެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވިކަމަށް ވަނީ ހާޖަރާގޭ ލުތުފީއާއި ސަގަރު އަހްމަދު ނާސިރު ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.އެަދި ހަމައެހެންމެ މި ޢުދުވާނީ ހަމަލާގައި ބައިވެރިވީކަމަށް5 މީހަކު ވަނީ ޝަރީއަތަށް ސާބިތުވެ، އެމީހުންގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ.އެއީ ޝާހިދު އާއި، ކަރޯ އައްބާސް އިބްރާހިމް، އާއި، މުޙައްމަދު ނައީމް(ޕައިލޮޓް ނަޢީމް) އާއި ސިއްކަ އަހްމަދު އިސްމާއީލްގެ އިތުރުން އުމަރު ޖަމާލެވެ.

އެހެނަސް މިއަދު ފާހަގަކުރެވެމުން މިދާ ކަމަކީ ބަޔެއްގެ ނުބައި ނުލަފާ އެދުންތަކެއް ޙާސިލްކުރުމަށްޓަކައި ޤައުމުގެ މިނިވަންކަމާ ކުޅެން މަސައްކަތްކޮށްފައިވާ ހިތާމަވެރި ބިރުވެރި ޙާދިސާއެކެވެ. މިކަމުގެ ސަބަބުން މިގައުމުގެ 19 ރައްޔިތުންގެ ފުރާނަ ގެއްލިދިޔައީއެވެ. ކޮން ކުށެއް އޮވެގެންތޯއެވެ؟ އެ އުދުވާނާ އިދިކޮޅަށް ޤައުމު ތަމްސީލުކުރި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ގެއްލިފައިވާ ދިވެހިންގެ މިނިވަންކަން މާތްރަސްކަލާނގެ ރަހްމަތްފުޅުން ލިބިގެން ދިޔައީއެވެ.

އެހެންކަމުން މިއަދު ހިތަށް ގެންނަންވީ ގެއްލިފައިވާ 19 ފުރާނަ ނޫން ދެން ކޮންބައެއްތޯއެވެ؟

Advertisement

ކޮމެންޓް