ދިވެހިން ބޭނުންވުމުން އިސްލާމްދީނުގެ ހުކުމްތައް ބަދަލެއް ނުކުރެވޭނެ: އިލްވެރިން

05 Nov 2020 | 15:19

މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމުން، ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޔޫޕީއާރުގެއި ތަޤްރީރު ކުރައްވަމުން ރިފްޢަތު ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ފާހަގަކުރައްވާކަމަށާއި، ނަމަވެސް މަޖިލީހުން ޤާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ.

ބަންޑާރަނައިބުގެ ވާހަކައާ ގުޅިގެން ނުރުހުން ފާޅުކުރަމުން، އިލްމުވެރިން ބުނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހުކުމްތަކަކީ، ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުން ބޭނުންވުމުން ބަދަލުކުރެވޭނެ ހުކުމްތަކެއް ނޫންކަމަށެވެ.

"މަރަށް މަރު ހިފުމުގެ ހައްޤު މަޤްތޫލުގެ ވަލީވެރިންނަށް މާތްﷲ ވަނީ ދެއްވާފައެވއ.އަދި ޤާތިލަށް މާފު ކުރުމުގެ ހައްގުވެސް ﷲ ދެއްވާފައިވްނީ އެމީހުންނަސެވެ.ޤިސޯސް މަޢާފްކުރުމަކީ އާންމު އެހެން ރައްޔިތުންނަށް ކީއްކުރަންތޯ ހާކިމާއަށްވެސް ލިބިގެންވާ ހައްޤެއް ނޫނެވެ." ޖަނާބްގެ ޓްވީޓެއްގައި ބުނެފައިވެއެވެ.

ދީނީ ޢިލްމުވެރިޔާ އަބްދުﷲ ޝަފީއު ވިދާޅުވީ މާތްﷲ ގެ ޝަރީޢަތުގެ ޙުކުމްފުޅުތަކަކީ ފެންނަ ނުފެންނަ ވޯޓަށް އަހައިގެން ޤަބޫލުކޮށް އުވާލާ ހެދޭނެ ޙުކުމްފުޅުތަކެއް ނޫނެވެ.ބަނޫ އިސްރާޢީލް މީހުން ފަދައިން ކަންތައްކޮށްގެން ނުވާނެއެވެ.އަދި މާތްﷲ ގެ ޙުކުމްފުޅުތަކުގެ މައްޗަށް ބަސްކިޔޭނެ ގޮތް ނިންމޭނެހެން އެހެން ފަރާތެއް ނުވެއެވެ.

ޤުރުޢާނުގެ ޙުކުމެއް ބަދަލުކުރުމަށް އިންސާނުންނަށް އެއްވެސް އިޚްތިޔާރެއް ނެތް ކަމަށް އަލީ ރަމީޒު ވަނީ ވިދާޅުވެފައެވެ. އަދި އެކަން ވަނީ ﷲ ކަނޑައަޅުއްވާފަ.ބުއްދިފަސް މީހުން ނުކުމެ ތިމާމެންގެ ސައިޒު ތިމަންނާމެންނަށް އޮޅި ﷲ އަށް ޗެލެންޖް ކުރަން އުޅުމަކީ ތިމާމެންގެ ޖާހިލުކަން ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ އަލީ ރަމީޒުގެ ޓްވީޓްގައި ވެއެވެ.

މި މައްސަލައިގައި އިތުރު އިލްމުވެރިން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އިލްމުވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް އަންނަނީ އޭޖީގެ ވާހަކައާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައި ވަނީ މީގެ 67 އަހަރު ކުރިންނެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ އެތައް އަހަރެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައި އެކަން އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުނު އިރު ވެސް އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

Advertisement

ކޮމެންޓް