ސަލާމަތީ ބާރުތަކުން އަލުން މިއުޓިނީއެއް ނުކުރާނެކަމަށް ދަންނަވަން ދަތި: ރައީސް ނަޝީދު

05 Nov 2020 | 22:51

7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓްގައިވާ ކަންކަން ތަންފީޒުނުކުރަނީސް ސަލާމަތީ ބާރުތަކުން އަލުން މިއުޓިނީއެއް ކޮށްފާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ޣައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަކޮށްފައިވާނެކަމަށެވެ. އަދި އެކަންކަން ތަންފީޒުނުކުރާހާ ހިނދަކު، އަނެއްކާވެސް މިއުޓިނީއެއް ނުކުރާނެކަމަށް ދަންނަވަން ނުކެރޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއުޓިނީއެއްގެ މާނައަކީ ސިފައިން އެފަރާތްތަކުގެ އިސްވެރިންނާ ދެކޮޅަށް ފާޅުގައި ނުކުމެ، އެމީހުންގެ އަމުރުތަކަށް ތަބާވުމަށް ދެކޮޅު ހެދުމެވެ.

Advertisement

ކޮމެންޓް