Advertisement

ފިޗް ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރތަކަށް އަހަންޖެހޭ: ރައީސް ނަޝީދު

07 Nov 2020 | 13:13

ފިޗްއިން ދާދިފަހުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައިވުން ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރތަކަށް ދިވެހިރާއްޖޭން އަހަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ފިޗްއިން ދާދިފަހުން ދިވެހިރާއްޖެ ޑައުންގްރޭޑްކުރުން ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރތަކަށް އަހަންޖެހޭނެކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ރީސްޓްެރަކްޗަރ ކުރެވިއްޖެނަމަ ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ޗައިނާގެ ކޮމާޝަލް ލޯނުތައް އެމަނިކުފާނު ވަކިން ޚާއްސަ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފިޗްއިން ވަނީ ދާދިފަހުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށް، މި އަހަރު ދައުލަތުގެ ދަރަނި ޖީޑީޕީގެ 110.7 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ. ފިޗްއިން ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ބީ އަކުން ސީސީސީ އަށް ދަށްކޮށް ބަދަލުކޮށްފައެވެ.

ނަމަވެސް މިކަމަށް ދެކޮޅުހަދާ ކަމަށްބުނެ ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ.

Advertisement

ކޮމެންޓް