އެއްފަހަރާ 15 މީހުންނަށްވުރެ ގިނަނުވާ ގޮތަށް އެއްވެއުޅުމަށް ލުއިތަކެއް ދީފި

08 Nov 2020 | 10:34

އެއްފަހަރާ 15 މީހުންނަށްވުރެ ގިނަނުވާ ގޮތަށް އެއްވެ އުޅުމަށް ލުއިތަކެއް ދީފިއެވެ.

ހެލްތު ޕްރޮޓެކަޝަން އޭޖެންސީ (އެޗްޕީއޭ) އިން މަޢުލޫމާތުދޭ ގޮތުގައި މާލެ ސަރަހައްދުގައި އެއްފަހަރާ 15 މީހުންނަށް އެއްވެ އުޅެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ކުޅުމާއި ކުޅިވަރު ބަލަން ދިއުމަށް ހުއްދަ ދެވޭނެއެވެ.އެހެން ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

އޭގެ އިތުރުން އަނގަޔާއި ނޭފަތް ނިވާވާގޮތަށް މާސްކު އަލައި އެހެން މީހުންނާ ދެމެދު 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

ކޮމެންޓް